ފާއިތުވި އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާރިޗް މަހާއި ހަމައަށް 492 މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ފަރުވާ ހޯދާފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެކި ހޮސްޕިޓަލްތައް މެދުވެރިކޮށް ދުންފަތް ހުއްޓާލުމަށް މީހުން ފަރުވާ ހޯދާފައިވެއެވެ.
ނުރައްކާތެރި ދުންފަތުން ސަލާމަތް ވުމަށް ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 288 މީހުން ފަރުވާހޯދާފައި ވަނީ އައިޖީއެމްއެޗުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން 110 މީހުން ފަރުވާ ހޯދި އިރު ދަމަނަވެށިން 74 މީހުން އަދި އޭޑީކޭ ހޮސްޕިޓަލުން 20 މީހަކު ވަނީ ފަރުވާ ހޯދާފައެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ. އަދި އެ ވަބާއިން ކުރިއަށް އޮތް ޖީލު ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަކި ޖީލަކަށް ދުންފަތް މަނާކުރުމަށް ގާނޫނަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ބިނާކޮށް ބިލެއް ތައްޔާރުކޮށް ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިކަމާ ގުޅިގެން މި މަހު މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު