މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށާއި، އަދި އެއީ މި ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމަށެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު ކަމަށެވެ. އަދި ހަމައެހެންމެ މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ޤައުމަށް ގެނުވި ކުރިއެރުމާއި، “މަޖީދިއްޔަ ނޫރުން”" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރީންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރީންނަށާއި، ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.
މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭތީ އެކަން ފާހަގަކުރުމުގެ ކައުންޓްޑައުން އެސްކޫލުން ފަށާފައިވާއިރު މިކަމުގައި އެސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުން ގެންދަނީ ބައިވެރިވަމުންނެވެ.

މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް.
— Dr Mohamed Muizzu (@MMuizzu) April 19, 2025
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް… pic.twitter.com/gsjLR9uJtj
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރީންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރީންނަށާއި، ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.
މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭތީ އެކަން ފާހަގަކުރުމުގެ ކައުންޓްޑައުން އެސްކޫލުން ފަށާފައިވާއިރު މިކަމުގައި އެސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުން ގެންދަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު