ކުޅުދުއްފުށި ސިޓީގައި ޕިކަޕެއް ކޮންޓްރޯލް ނުވެގޮސް އެއާޕޯޓް ފެންސްގައި ޖެހިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ކުޅުދުްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެ ގޮސް އެއާޕޯޓް ފެންސްގައި ޖެހުނު މައްސަލައެއް ރޭ 11:41 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ޕިކަޕަށް ގެއްލުންވެ ފެންސްވެސް ވަނީ އަރިއަޅާލައިފަ އެވެ.
ފުލުހުން ބުނީ ޕިކަޕް ދުއްވަން އިން 25 އަހަރުގެ ދިވެހި ފިރިހެން މީހާގެ ލައިސެންސް ނެތް ކަމަށާއި އަދި ޕިކަޕް މިހާރު ޓޯކޮށްފައިވާ ކަމަށެވެ.
މިިދިޔަ ޖެނުއަރީ މަހު ވެސް ކުޅުދުއްފުށީގައި 18 އަހަރުން ދަށުގެ ކުއްޖަކު ދުއްވި ޕިކަޕެއް ކޮންޓްރޯލް ނުވެގޮސް އެއާޕޯޓް ފެންސަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ފެންސަށް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު