އޯ ލެވެލް އިމްތިހާނެއް ކުރިއަށް ދަނީ--
އޯ ލެވެލް އިމްތިހާނެއް ކުރިއަށް ދަނީ--
އަށް ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯ ލެވެލް އިމްތިހާން ރާއްޖޭގައި ފަށައިފި އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރު ޖުމްލަ 8364 ދަރިވަރުން އޯ ލެވަލް އިމްތިހާން ހަދާއިރު ކެމްބްރިޖް އިމްތިހާނުގައި 7666 ދަރިވަރުން އެސްއެސްސީ އިމްތިހާނުގައި 7519 ދަރިވަރުން ބައިވެރިވާނެ އެވެ.

މިދިޔަ އަހަރަށް ވުރެ މިއަހަރު އޯ ލެވެލް އިމްތިހާން ހަދާ ދަރިވަރުން އިތުރުވެފައިވާއިރު މިއަހަރު ހާހެއްހާ ދަރިވަރުން އިތުރުކަން ފާހަގަކުރެވެއެވެ.

އޯ ލެވެލް އިމްތިހާން ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވަނީ ދަރިވަރުންނަށް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އެދިވަޑައިގެންފައެވެ.

"[އެދެނީ ދަރިވަރުން] ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުން. ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ހާސިލުވުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް އިމްތިހާނުގައި ކާމިޔާބީ ހޯދާ، ރާއްޖެ ފަހުރުވެރިވާނެ ހިދުމަތްތެރި ދަރިއަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން