"ދެ ލޯ މަރާލާފައި އަބަދަށް ފިލްމާ މެދު ވިސްނާލީމަ ކީކޭ ހިތަށް އަރަނީ؟" އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފޯނުން ސުވާލު ކިޔާލި އެވެ.
"މަގޭ ނަސީބު."
އެއީ ކީއްވެގެން ކަމެއް އިތުރަށް އޭނާ ނުބުންޏެވެ. އޯކޭ، ނިމުނީ ކަމަށް ބުނެ އެ އިންޓަވިއު ނިންމާލީ އެވެ.
މި މަހު 28 ވަނަ ދުވަހު އޮލިމްޕަސް ބޮޑު އިސްކިރީނަށް އަންނަ އަބަދަށް ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ވައްޓަފާޅި އަބަދަށް ބަދަލުކޮށްލި މޫމިން ފުއާދު ލިޔެ ޑައިރެކްޓުކޮށް، ހުސައިން ނޫރައްދީން ނާސިރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ދައްކުވައިދޭނީ ތޮއްޖެހިފައިވާ މާލޭގެ ހަލަބޮލި ދިރިއުޅުމުގައި އާއިލާތަކަށް ދިމާވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކެވެ.

އާންމު ދިރިއުޅުމުގައި ސަކަ މިޒާޖެއް ހުރި ނަމަވެސް އިއްސެ އެ ފިލްމުގައި ކުޅެނީ އެއާ ދިމާ އިދިކޮޅު، ވަރަށް ސީރިއަސް، ސިފައިންގެ މީހެއްގެ ރޯލެވެ.
އެ ފިލްމު އިޝްތިހާރުކުރަން ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ގެނެސްދޭ 'އަބަދަށް - އަންފިލްޓާޑް'ގެ ތިން ވަނަ އެޕިސޯޑުގެ މެހެމާނަކީ ކޮޕީ އިއްސެ އެވެ.
އިއްސެ ވަނީ އެ ޕްރޮގްރާމުގައި އަމިއްލަ ދިރިއުޅުމާއި އަބަދަށް ފިލްމާ ގުޅޭ ބައެއް ސުވާލުތަކަށް ޖަވާބު ދީފަ އެވެ.
އެގޮތުން ތިރީގައި މިހިމަނާލަނީ އިއްސެ އާއި ކޮށްލި ސުވާލު ތަކާއި، އެސުވާލުތަކަށް އިއްސެ ދިން ޖަވާބު ތަކެވެ:
ސުވާލު: ހަޔާތުން ދުވަހެއް އަބަދަށް ރިޕީޓު ކުރަން ލިބިއްޖެނަމަ އެންމެ ބޭނުންވަނީ ކޮން ދުވަހެއް؟
ޖަވާބު: އުފަންވި ދުވަސް.
ސުވާލު: އިއްސެ އަބަދަށް އެންމެ އެޕްލިކޭޝަނެއް ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރަނީ ކޮން އެޕްލިކޭޝަނެއް؟ އެއީ ކީއްވެ؟
ޖަވާބު: ޑޫ ނޮޓް ޑިސްޓާބް. އެއަށް މަ ފިތާލާނީ. އަބަދަށް. އޯކޭއެއްނު؟
ސުވާލު: އަބަދަށް އުޅެން ބޭނުންވަނީ ކޮން ތަނެއްގައި؟
ޖަވާބު: ސީދާ ތަނެއް ނޭނގެ ބުނާކަށް އެކަމަކު އެތަނަށް ދެވިއްޖެއްޔާ މަށަށް ހީވަނީ މިއަށްވުރެ މާ ދުރުހެން
ސުވާލު: އިއްސެގެ ކެރެކްޓާ ބެލުންތެރިންނަށް އަބަދަށް ބުނެލާނެ ޑައިލޮގެއް؟
ޖަވާބު: މަށަށް އެ ހަ މީހުންނަށް ވުރެ މާ މުހިންމު… (އަޑު ކަނޑާލާފައި ވާތީ ދެން ބުނި ބައި ސާފެއްނުވި)
ސުވާލު: އަބަދަށްގެ ޝޫޓިންގައި އެންމެ ހަނދާން ހުންނާނެ ކަމަކީ ކޮބާ؟
ޖަވާބު: ދެން އެ ޝޫޓިންގައި އުޅެން ޖެހުނު ހާލު. މޫމިންގެ ފިލްމުތައް މަސައްކަތް ބުރަ ވާނެ. ލުއި ގޮތަކަށް ނުދާނެ. އެ ކުރެވޭ މަސައްކަތް ފަހުން ވަރަށް އުފާވެރި މަސައްކަތަކަށް ވަނީ. އެހެންވެ އެ ހަނދާން ހުރޭ.
ސުވާލު: ދެ ލޯ މަރާލާފައި އަބަދަށް ފިލްމާ މެދު ވިސްނާލީމާ ކީކޭ ހިތަށް އަރަނީ؟
ޖަވާބު: މަގޭ ނަސީބު.
މީގެ އިތުރުން އިއްސެގެ އަޑުން ވަރަށް އަސަރުގަދަކޮށް ޓައިޓޭނިކް ފިލްމުގެ ތީމް ލަވަ ‘މައި ހާޓް ވިލް ގޯ އޮން’ގެ ތަންކޮޅެއް ވެސް އެ އިންޓަވިއުގައި ވަނީ ކިޔައިދީފަ އެވެ.
އަބަދަށް ފިލްމު ޕްރިމިއާ ކުރާނީ އޭޕްރީލް 28 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ. އޭގެ އިތުރުން ހަމަ އެ ރޭ ބައެއް އަތޮޅުތަކުގައި ވެސް ފިލްމު އަޅުވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން 7447555 ނަންބަރަށް ގުޅައިގެން ވެސް ޓިކެޓު ގަނެވޭނެ އެވެ.

@noornmovies 𝐀𝐛𝐚𝐝𝐡𝐚𝐡 - 𝐔𝐧𝐟𝐢𝐥𝐭𝐞𝐫𝐞𝐝 Ep. 3 with the OG Kopee Isse. 𝐀𝐛𝐚𝐝𝐡𝐚𝐡 premieres on 𝟐𝟖𝐭𝐡 𝐀𝐩𝐫𝐢𝐥. Get your tickets now. Visit 𝐎𝐥𝐲𝐦𝐩𝐮𝐬 or call 7447555. #abadhah #noornmovies #movieoftheyear #fearandgreed #maldives #dhivehifilm #fyp #foryou #exclusive #podcast #titanic ♬ original sound - Abadhah
އަބަދަށް ފިލްމު ޕްރިމިއާ ކުރާނީ އޭޕްރީލް 28 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ. އޭގެ އިތުރުން ހަމަ އެ ރޭ ބައެއް އަތޮޅުތަކުގައި ވެސް ފިލްމު އަޅުވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން 7447555 ނަންބަރަށް ގުޅައިގެން ވެސް ޓިކެޓު ގަނެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު