ސްޕެެއިންގެ ޞިއްޙީ އެހީތެރިއަކު ރައްކާތެރި ހެދުމުގައި
ސްޕެެއިންގެ ޞިއްޙީ އެހީތެރިއަކު ރައްކާތެރި ހެދުމުގައި
ސްޕެއިންގައި ދުވާލެއްގެ މައްޗަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާތީ އެގައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްވަމުން ދާކަމަށް ސްޕެއިންގެ ހެލްތު އިމަރޖެންސީ ކޮމިޓީގެ ޑެޕިއުޓީ ލީޑަރ މަރިއާ ހޯސޭ ސިއެރާ ވިދާޅުވެއްޖެއެވެ.

ސިއެރާ ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ސްޕެއިންގައި އޭޕްރިލް 3 ވަނަ ދުވަހު 7,134 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ޖެހިގެންއައި އޭޕްރިލް 4 ވަނަ ދުވަހު ޕޮޒިޓިވް ވެފައިވަނީ 6,969 މީހުންނެވެ. އަދި އޭޕްރިލް 5 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 5,478 މީހުންކަމަށްވާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 3,386 އަށް ދަށްވެފައެވެ.

ފޮރިން މިނިސްޓަރ އަރަންޗާ ގޮންޒާލޭސް ވިދާޅުވެފައިވާ ގޮތުގައި ސްޕެއިން މިހާރު އޮތް ލޮކްޑައުންގެ ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމަސްޓަކާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާ ވަރަކަށް ޓެސްޓުކުރެވޭ މިންވަރު ވަރަށް ބޮޑުތަން އިތުރުކުރަންޖެހޭނެއެވެ.

މާރޗް 14 ވަނަ ދުވަހުން ފެށިގެން ސްޕެއިންވަނީ ލޮކްޑައުންގެ ހާލަތަށް ގެނަސްފައެވެ. އަދި އޭޕްރިލް 26 ވަނަ ދުވަހާއި ހަމައަށް ގައުމު އޮންނާނީ ލޮކްޑައުންގައި ކަމަށް އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ ވިދާޅުވެފައެވެ.

މުޅިދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ސްޕެއިނުގައި މިހާތަނަށް މި ބައްޔަށް 135,032 މީހުން ޕޮޒިޓިވްވެފައިވާއިރު، 13,055 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން