ތިލަފުށީގައި ތަރައްގީކުރާ ކެމިކަލް ގުދަންތަކުގެ އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
އަލަށް ތަރައްގީކުރާ 18 ކެމިކަލް ގުދަނުގެ ތެރެއިން ކޮންމެ ގުދަނެއްގައިވެސް 1000 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި މި ގުދަންތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ތަރައްގީކުރާ ގުދަންތަކެއް ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މި ގުދަންތަެއް ތަރައްގީކޮށްފައިވާނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެން ކަމަށެވެ.
އަދި އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްސަ ނިޒާމާއި އެނޫންވެސް މުހިއްމު ހިދުމަތްތައް މިތަނުގައި ގާއިމުކުރެވިފައި ވާނެކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
މި ގުދަންތަކުގެ މަސައްކަތް ނިމުމުން މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 54 ކެމިކަލް ގުދަނެއް ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ.
ތިލަފުށީގައި ކެމިކަލް ގުދަންތައް ތަރައްގީކޮށް މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރު މާލޭގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކަށް ފަހުއެވެ. އެގޮތުން ފުރަތަމަ ތަރައްގީކުރި 34 ކެމިކަލް ގުދަން މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު