ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މައުލޫމާތު ސެޝަންތަކެއް 24 އެޕްރިލް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ސްކޮލަޝިޕްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ހެނދުނު 11:00 އިން 12:00 އަށް ވޯކް-އިން އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މި ސެޝަން އޮންނާނީ ސްޓެލްކޯ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން ރޫމުގައެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު މެންދުރު 13:00 އިން 14:00 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއްވެސް ބާއްވަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
އޮންލައިން ސެޝަނުގައި ރަޖިސްޓާރ ވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަނަށް ރަޖިސްޓްރީ ވުމަށް އެދި ތިރީގައިވާ މެއިލަށް އީމެއިލެއް ފޮނުވުމުން މީޓިންގް ލިންކު ހިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
training@stelco.com.mv
ސްޓެލްކޯއިން ބުނީ މި ސެޝަންތަކުގައި ސްކޮލަޝިޕްތަކާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް ދެވޭނެ ކަމަށެވެ.
ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) ލެވެލް އަށް ކުރިޔަށްގެންދާ މި ކޯސް ކުރިޔަށްދާނީ އިނގިރޭސި ވިލާތުގައެވެ. މި ކޯސްތަކަކީ ސްޓެލްކޯއިން އެއްކޮށް ސްޕޮންސަރ ކުރާ ކޯސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު