އިސްރާއިލުގެ ޕާސްޕޯޓް މަނާކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާކަމުގެ ނިޝާނެއް އަދި ނުފެންނަ ކަަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވެއްޖެ އެވެ.
އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލަންދެން އިސްރާއިލުގެ ޕާސްޕޯޓްގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ މި ވަގުތު ރާއްޖޭގައި އިސްރާއިލުގެ އެއްވެސް ފަތުރުވެރިއަކު ހުރި ކަމަށް ނުބެލެވޭ ކަމަށެވެ.
އަދި އެ ނިންމުމާ ގުޅިގެން ރާއްޖެ ބޮއިކަޓް ކުރަން ގޮވާލައި ބޮޑު ކެމްޕޭނެއް ކުރާ ކަމުގެ އެއްވެސް މައުލޫމާތެއްވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެ ނިންމުމަށް ލިބުނު "ޕޮޒިޓިވް" ކޮމަންޓްތައް ވެސް ވަރަށް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ބަދަލެއް އާދޭތޯ ކޮންމެ ދުވަހަކު ބަލަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެގޮތަށް ބަލަމުންދާ އިރު އަޅުގަނޑުމެންނަކަށް އަދިއެއް މޭޖަރ އިމްޕެކްޓެއް ނޫނީ ޓުއަރިޒަމް އަންނަ ފަތުރުވެރިން މަދުވެ އަދި ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅައި އަދި ރާއްޖެ ނާންނަން ގޮވާލައި އަދި އެކަހަލަ ގޮތަކަށް މާސްކޮށެއް އަދި އަޅުގަނޑުމެންނަށް އެނގިފައެއް ނެތް" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު