ހޮޅުދޫ މަގުހެދުން، ފޮޓޯ: އާރްޑީސީ
ހޮޅުދޫ މަގުހެދުން، ފޮޓޯ: އާރްޑީސީ
ސައުތު އަދި ސެންޓްރަލް ރީޖަންގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ސެންޓްރަލް ރީޖަންގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ އަދާ ހަމަ ހިއްސާ ކުރަމުން އާރްޑީސީން ވަނީ ތިން ރަށެއްްގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ނ. ހޮޅުދޫ، އދ. މާމިގިލި އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.

އާރްޑީސީން ބުނީ ހޮޅުދޫގެ މޫސާކަލޭފާނު މަގުގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި، ކާމިނީ މަގުގައި ބެކް ފިލިންގ ގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މާމިގިލީ ރަށްދެބައި މަގުގައި ދުވާރު ސާފުކުރުމުގެ މަސައްކަތާއި، ގެވެހި މަގުގައި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކުޑަހުވަދޫގެ މާފަތް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ފަރީދީ މަގުގައި މަގުބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.



ސައުތު ރީޖަންގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ރަށެއްގައި ކުރިއަށްދާ މަސައްކަތްތައްވެސް އާރްޑީސީން ވަނީ ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެެނެނީ ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލި ފޭސް 2 ގައި ކުރިއަށްދާ މަސައްކަތްތަކެވެ.

އެގޮތުން ލ. ގަން ފޭސް 2 ގެ ސަރަހައްދީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތާއި، އެ މަގު ކޮނުމާއި، ބެކް ފިލިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އާރްޑީސީން ހާމަކޮށްފައި ވެއެވެ. އަދި ކޮލަމާފުށި ދަންނަ އާދަމް ސައީދު މަގުގައި ދުވާރުގެ މަސައްކަތާއި، ތުއްތު ކަތީން މަގުގައި ކީވޯލްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން ގއ. ވިލިނގިލި ފޭސް 2 ގެ ކުދެކަތިބެއްޔާ މަގުގައި ދުވާރުގެ މަސައްކަތާއި، މޫސާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން