ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަންގެ ބައްދަލުވުމެއް ކުރިއަށްދަނީ (ފޮޓޯ:- ޕީޕީއެމް ޓްވިޓަރ)
ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަންގެ ބައްދަލުވުމެއް ކުރިއަށްދަނީ (ފޮޓޯ:- ޕީޕީއެމް ޓްވިޓަރ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެއްބަފާ ދައްތަ، މަރްޙޫމް މުއުމިނާ ޢަބްދުލް ޤައްޔޫމްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމުން ވެސް އެމަނިކުފާން ޖަނާޒާގައި ބައިވެރިވެ ވަޑައިގަންނަވަން އިންކާރު ކުރެއްވި ކަމަށްބުނެ ދެކެވޭ ވާހަކަތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދޮގުކޮށްފިއެވެ.

އެފަދަ ފުރުސަތެއް ނުދޭކަން ހާމަކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ގެނަސްދީފައިވާ މި ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އާއިލާ ގެ މެންބަރަކު އަވަހާރަވެ، އެކަމުގެ ހިތާމައިގައި ޢާއިލާ ތިއްބެވި މި ވަގުތުގައި، ބައެއްގެ ސިޔާސީ މުހުތާދެއް ފުއްދުމުގެ ބޭނުމުގައި، މިފަދަ ހަޑިމުޑުދާރު ކަންކަން ކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ، އެމަނިކުފާނުގެ ޢާއިލާއަށް އިތުރު އަނިޔާ ދިނުމަކީ މި ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫނެވެ." އެބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު މި ބަޔާނުގައި، ރައީސް ޔާމީންގެ އަގުވައްޓާލުމުގެ ގޮތުން ބައެއް މީޑިއާތަކުން ކުރަމުން ގެންދާ އެފަދަ ނާތަހުޒީބު އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައި ވެއެވެ. އަދި ރައީސް ޔާމީނާ ގުޅޭ ގޮތުން ދޮގު ޚަބަރު ލިޔެފައިވާ މީހުން އެމަނިކުފާނާއި ޢާއިލާގެ ކިބައިން މަޢާފަށް އެދުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން އެޚަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައި ލިޔެފައިވާ ޚަބަރެއް ކަމަށާއި، މޯލްޑިވްސް މީޑިއާކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށްވެސް އެބަޔާނުގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން