ރައީސް ނަޝީދު މޯދީއާއެކު
ރައީސް ނަޝީދު މޯދީއާއެކު
އިންޑިއާ- ޕާކިސްތާނު ހަނގުރާމައަށް ތައްޔާރުވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ ޕާކިސްތާނާ އިންޑިއާއާ ދެމެދު ބޮޑު ހަނގުރާމައެއް މިހާރު ފެށިފައިވާ ކަމަށާއި އެއާއެކު ދެކުނު އޭޝިއާއަށާއި އިންޑިއާ ކަނޑަށާއި އަދި ރާއްޖެއަށް ވެސް އޭގެ އަސަރުކުރާނެ ކަމަށެވެ.

އެހެން ކަމުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އިގުތިސާދަށް ކުރާނެ އަސަރަށް ރާއްޖެއިން ތައްޔާރުވާން އެމަނިކުފާނު ގޮވާލެއްވި އެވެ.

މިދިޔަ އަންގާރަ ދުވަހު ކަޝްމީރުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 25 ފަތުރުވެރިން މަރާލި މައްސަލަ ހޫނުވެފައިވާ އިރު ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި މިހާރު ދަނީ ކޮންމެވެސް ވަރަކަށް ހަމަލާތައް ބަދަލުކުރަމުން ނެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވި ގޮތަށް އަދި ބޮޑު ހަނގުރާމައެއް ނުފެށެ އެވެ.

ނަމަވެސް ހަމަލާއަށް ފަހު އިންޑިއާއިން ދެމުންގެންދާ އިންޒާރުތަކާއެކު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ކަޝްމީރުގައި ދިން ހަމަލާއާ މެދު ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން