މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަންގައި އަންހެނަކު ނުހިމެނޭތީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންތަކެއް ކޮންމެ ރެއަކު ދަނީ މުޒާހަރާ ކުރަމުން ނެވެ. އަދި އެ ޒުވާނުން ދިޔައީ އެ މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް އުފެއްދުމަށް ވެސް ގޮވާލަމުން ނެވެ. އަދި އެކަމަށް އިޖާބަ ދެއްވައި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެކުލަވާލައްވައިފަ އެވެ.
އެ ނިންމުމަށް ތައުރީފްކުރައްވައި ދިޔާނާ އެކްސްގައި ވިދާޅުވީ ކޮމިޝަން އުފެއްދުމާއެކު މުޒާހަރާކުރަމުންދާ ޒުވާނުންގެ އަޑު ސަރުކާރުން އަހަން ބޭނުންވާކަން ހާމަވެއްޖެ ކަމަށެވެ.
އެހެން ނަމަވެސް ޔުމްނުއާއި އަދި މީގެ އަހަރުތަކެއް ކުރިން ލ. އަތޮޅުގައި މަރުވި ޝިމާ ނާފިޒުއާއި އަދި ޝައްކުކުރެވޭ ގޮތަށް ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ މިދިޔަ އަހަރު ފަހުކޮޅު ފެނުނު ޒަކިއްޔާ މޫސާގެ މައްސަލަ ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ އެ މަރުތަކާ އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅިފައިވާ ކަމަށެވެ.
އެހެންކަމުން އެއްވެސް އަންހެން ބޭފުޅަކު ނުހިމެނޭ ގޮތަށް ޔުމްނާ ގުޅޭ ކޮމިޝަން އުފެއްދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ދިޔާނާ ވިދާޅުވި އެވެ.
ރައީސް އުފައްދަވާފަައިވާ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، އަދި ޑރ. މުޙައްމަދު ހަބީބެވެ.
އެ ކޮމިޝަނާއެކު ޔުމްނު ވެއްޓުނު މައްސަލައިގެ ހަގީގަށް ހޯދޭނެ ކަަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު