ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު މޭމަހު އަތޮޅުތެރޭގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ މަހު ފަށާ މި މަޝްރޫއު އަތޮޅުތެރޭގެ 9 ރަށެއްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ހިމެނެއެވެ.
މިނިސްޓަރ ވިދާޅުވީ ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށާއި، އަލަށް ގުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ގާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގައިވެސް ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާވެގެން ދާނެކަމަށެވެ.
އެގޮތުން މެއި މަހުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެ ރަށްރަށުގެ ތެރޭގައި، ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ އަދި ލ. އިސްދޫ ކަލައިދޫ ހިމެނެއެވެ.
މިނިސްޓަރ ވިދާޅުވީ މިވަގުތު މާލެ އާއި އަތޮޅު ތަކުގެ ގުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން ދާކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން، ގުރުއާން ހިތުދަސް ކުރާ މީހުންނަށް ހާއްސަކޮށްގެމް ދަފުތަރެއް އެކުލަވާލުމުގެ މަސައްކަަތްވެސް ސަރުކާރުން މިހާރު ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު