ކަޝްމީރުގައި ހަމަލާދިން ކަމަށް ޝައްކުކުރެވޭ ދެ މީހުންގެ ގެތައް އިންޑިއާ ސިފައިން ތަޅައި ސުންނާފަތިކޮށްލައިފިއެވެ.
އިންޑިޔާ އަދި ޕާކިސްތާނުން ވެސް އެމީހުންގެ ބިމެއް ކަމަށް ދައުވާކުރަމުންދާ ކަޝްމީރުގައި ދެވުނު މި ހަމަލާ އަކީ ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
އިންޑިޔާ ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހުންނަކީ ޕާކިސްތާނުގައި ހުންނަ ލަޝްކަރު-އޭ-ތައިބާ (އެލްއީޓީ) ގެ ފެކްޝަނެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރަންޓް (ޓީއާރުއެފް) ގެ މެމްބަރުންނެވެ. އެ ތުހުމަތަށް ޕާކިސްތާނުން ދެކޮޅު ހަދައެވެ.
މީގެ އިތުރުން އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ އަންގާރަ ދުވަހު ޕަހަލްގަމްގައި 26 މީހަކު މަރާލި މައްސަލައިގައި ޒިންމާވާ ފަރާތްތައް ހޯދުމަށް ބޮޑު އޮޕަރޭޝަނެއްވެސް ފަށާފައެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ކަޝްމީރުގެ ބާޣީ ކަމަށް ޝައްކު ކުރެވޭ ތިން މީހެއްގެ ތަސްވީރުވެސް އާންމުކޮށްފަ އެވެ. އަދި ބާޣީއެއް ކަމަށް ޝައްކުކުރެވޭ އެކަކު ކަމަށްވާ އާޝިފް ޝައިޚް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އިންޑިޔާގެ އޮފިޝަލުން ބުނެ އެވެ.
މި ހަމަލާއާއި ގުޅިގެން ބާޣީން ކަމަށް ޝައްކުކުރެވޭ ދެމީހުންގެ އާއިލާގެ މީހުން ވެސް އެ ހަމަލާއަށް ފަހު ސުވާލު ކުރުމަށް ހިފަހައްޓާފައިވާ ކަމަށް އެފަރާތްތަކުގެ ގާތްތިމާގެ މީހުންނާ ހަވާލަދީ މީޑިޔާތަކުން ބުނެ އެވެ. އަދި އަދި މި ހަމަލާދީން މީހުން ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތެއް ދޭ މީހަކަށް 360،000 ރުފިޔާ ގެ ބައުންޓީއެއް ވެސް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު