މަރްޔަމް ނަހްދާ ވަޙީދު   29 އޭޕްރީލު 2025 - 6:56
"ސޮރީ" ގެ ޕޯސްޓަރު
"ސޮރީ" ގެ ޕޯސްޓަރު
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ ޓިކެޓު މިރޭ ދޫކުރަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ.

އެގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކު 20:00 އިން 23:00 އަށް ޓިކެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. ޓިކެޓު ދޫކުރާނީ މ ވޭއިސައިޑު، މާލެ ގްރޭންޑު، މަޖީދީމަގު، ޓާޓާ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާއިންނެވެ.

"ސޮރީ" ގެ ޓިކެޓު ބުކް ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާލަން ޖެހޭނީ 7844422 އަށެވެ.

މި ފިލްމަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބޮޑު ބްރޭކަކަށްފަހު ޑައިރެކްޓު ކުރާ ފިލްމެވެ. މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ސޮރީ" އަކީ ފިލްމީ ދާއިރާގައި ނަންވިދާ ތަރިން ހިމަނައިގެން ވަރުގަދަ ކާސްޓަކާއެކު އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގަައި އައްޒަ، ޔޫއްޕެ، އަލީފް، ޝަމީލް، ޝިއާ، އާނަންދު، ޝީލާ އަދި އައިޝާވެސް ހިމެެނެއެވެ. އަދި މީގެ އިތުރުން އެވްލީ އާއި ލާލިވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ ޖޫން 17 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން