މިދިޔަ އާދިއްތަ ދުވަހު ކެފޭއަކަށް ވަދެ ބިއްލޫރި ރެކެއް ތަޅާލި މީހާ ހައްޔަރުކޮށްފި އެވެ.
މާފަންނު އަޅިވިލާމަގުގައި ހުންނަ އައިސް ބްރޭކް ކެފޭގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ/ މުހައްމަދު ރަޒީން އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ރަޒީން ހައްޔަރުކޮށް އޭނާގެ ބަންދާމެދެ ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް އެ ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
ރަޒީން ބިއްލޫރި ރެކް ތަޅާލީ ކީއްވެގެންކަމެއް ނޭނގެ އެވެ.
ރަޒީންގެ ކުށުގެ ރެކޯޑް އޮންނައިރު އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގައި ވެސް މިދިޔަ ޑިސެމްބަރު މަހު ހައްޔަރު ކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު