ކެފޭއަކަށް ވަދެ ބިއްލޫރި ރެކު ތަޅާލި މީހާ
ކެފޭއަކަށް ވަދެ ބިއްލޫރި ރެކު ތަޅާލި މީހާ
މިދިޔަ އާދިއްތަ ދުވަހު ކެފޭއަކަށް ވަދެ ބިއްލޫރި ރެކެއް ތަޅާލި މީހާގެ ނަފްސާނީ މައްސަލަ ހުރިތޯ ބަލަން ނިންމައިފި އެވެ.

މާފަންނު އަޅިވިލާމަގުގައި ހުންނަ އައިސް ބްރޭކް ކެފޭގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ މ. ސްޓާ/ މުހައްމަދު ރަޒީން އެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސްވެސް ޖަހައިފަ އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ރަޒީންއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް އޭނާ ބުނި ކަމަށެވެ.

ނަފްސާނީ ބައްޔަށް ބޭސް ކަމުންދާ މީހެއް ކަމަށް ބުނާތި އެކަން ބެލުމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަށް އަންގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ރަޒީން ކެފޭއަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ނަމަވެސް އެއީ ބަޔަކު ހަދައިގެން އުޅޭ ވީޑިއޯއެއް ކަމަށް އޭނާ ބުނި ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން