މާލެއިން ބޭރުގައި ފުރަތަަމަ ފަހަރަށް މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުުސަތު ހުޅުވާލައިފި އެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް މީގެ ކުރިން ރާއްޖޭގައި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތު މިހާތަނަށް ދެމުންދިޔައީ މާލޭގައި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގައި އެކަންޏެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާންޝިޕް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ހަދަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިންޓަރންޝިޕް ފުރުސަތު ދޭން ނިންމާފައި ވަނީ 15 ފަރާތަކަށެވެ. އަދި ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން