ކޯވޮޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވޮޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ދިވެހިން އިޖްތިމާޢީ ގައިދުރުކަމަށް މާބޮޑު ސަމާލުކަމެއް ދޭތަން ފެނިވަޑައިނުގަންނަވާ ކަމުގައި ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ޓާސްކްފޯސްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ވަރަށް ގިނަ ފިޔަވަޅުތައް އަޅައިފި ކަމަށެވެ. އެގޮތުން ސްކޫލް ތަކާއި، ސަރުކާރު އޮފީސްތައް ބަންދުކޮށް މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލު ގެނެސްފައި ވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުކަންދީގެން ނޫނީ މިކަމުން އަރައިނުގަނެވޭނެ ކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. އެންމެންވެސް ގޭގައި ތިބުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވަމުން ޑރ. ނަޒުލާ ވިދާޅުވީ އަވަހަށް މިކަމުން ސަލާމަތްވެވޭނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް ޢަމަލުކޮށްގެން ކަމަށެވެ.

މީގެ އިތުރުން އާންމު ފަރުދުންނެކޭ އެއްގޮތަށް ކަމާބެހޭ އިދާރާތަކުން ވެސް މިކަމަށް ހޭލުންތެރިވާން އެބަ ޖެހޭ ކަމަށާއި، ގިނަ މީހުން އެއްވެގެން ބާއްވާ ޙަފުލާތައްވެސް ހުއްޓާލަން ޖެހޭ ކަމަށް ޑރ. ނަޒުލާ ވިދާޅުވިއެވެ. އަދި މިހާރު ހުރި އުސޫލު ތަކުގެ ތެރެއިން ޚިދުމަތްތަކަށް ބުރޫނާރާ ކަންކަންކުރެވޭނެ ގޮތްތައް ހޯދަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށް ވެސް ޑރ. ނަޒްލާ ވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން