ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި ވަނީ ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި ރާއްޖެ ތަމްސީލުކޮށް ބަޔާން ދެމުންނެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އެ މައްސަލައަކީ އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމިއްޔާ ކަމަށްވާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) ގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައި ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމުން ކުރިއަށްދާ މައްސަލައެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން ޑިސެމްބަރު 19، 2024 ގައި އެކަން ފާސްކުރުމުން ހުށަހަޅާފައިވާ މި މައްސަލާގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލައިފަ އެވެ.
މި އަޑުއެހުންތަކުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ބަންޑާރަ ނާއިބު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން އުޝާމްގެ ވާހަކައިގައި ވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި އަންރުވާ ރޫޅާލުމަށް އިޒްރޭލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވަނީ ބޭރުގެ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަމުންދާކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން އެކަން ކުރަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވަކީލުންގެ ހުށަހެޅުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެ ބޭފުޅުން ވަނީ އިޒްރޭލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސް އިން އިޒްރޭލު ނިކުތުމުގެ ގާނޫނީ ނަތީޖާތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ފަލަަސްތީނާއި އިޒްރޭލުގެ މައްސަލައަަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމާއި މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުމެވެ. މިކަން މިއަދުގެ އަޑުއެހުމުގައިވެސް ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ.
އަދި މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތުގައި އެއްބާރުލުންދިނުމުގައި ދިވެހި ދައުލަތުން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް ވެސް މިއަދުގެ އަޑުއެހުމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު