އިންޑިއާގައި މިހާރު ކުރިއަށްދާ މިއުޒިކް ރިއަލިޓީ ޝޯ "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ދުނިޔޭގެ މޮޅެތި ބޭންޑުތަކާ ވާދަކޮށް ރާއްޖޭގެ "ޓޫ އޮފް އަސް" ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މިއަދު އޮތް ސެމީ ފިނާލޭގައި އެ ބޭންޑުން ވަނީ މޮޅު ހުށަހެޅުމެއް ހުށަހަޅައި ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. ޓޫއޮފްއަސް އާ އެކު ޖުމުލަ ފަސް ބޭންޑެއް ވަނީ ފިނާލޭއަށް ދަތުރުކޮށްފައެވެ.

ފައިނަލަށް ދަތުރުކުރުމާ ގުޅިގެން ބޭންޑުން މީސްމީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބޭންޑުގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބިގެންދިޔަ ފަހުރުވެރި ތާރީހީ ކާމިޔާބެއްކަމަށެވެ.

އަދި ބޭންޑުން ސްޓޭޖުގައި ދައްކަމުންދަނީ ހަމައެކަނި ލަވައިގެ ހުނަރު ނޫންކަމަށާއި ދައްކައިދެމުންދަނީ ދިވެހީންގެ ހިތުގެ ވިންދުކަމަށް އެ ބޭންޑްގެ ލީޑް ވޯކަލިސްޓް އަޙްމަދު އަދުހަމް ވަނީ ބުނެފައެވެ.

ޓޫއޮފްއަސް އިން މިހާތަނަށް ވަނީ ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދި އަމިއްލަ ރާގުގެ ބައެއް ލަވަތައް ވަރަށް ފުރިހަމައަށް ގެނެސްދީފައެވެ. އޭގެ އިތުރުން ހިންދީ ލަވަތައް ވެސް ތަފާތު ގޮތަކަށް ގެނެސްދެމުންދާކަން ފާހަގަކުރެވެއެވެ.

ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން މި ޝޯގައި މިހާތަނަށް ހުށަހެޅި ކޮންމެ ހުށަހެޅުމަކަށްވެސް ވަނީ ޖަޖުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އިންޑިއާގައި ނަން ވިދާ، އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ލަވަކިޔުންތެރިންނާއި މިއުޒިކް އުފެއްދުންތެރިން ނުވަތަ ޖަޖުން ވަނީ މި ހުށަހެޅުންތަކަށް ތައުރީފު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން