އާއިލާ މީހުންނަށް އުފާވެރިކަން ގެނެސްދޭން މަސައްކަތް ކުރާނަމަ ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް ނުކުރެވޭނެ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާން ބުނެފިއެވެ.
ވޭވްސް ސަމިޓު 2025 ގައި ވާހަކަ ދައްކަމުން ޝާހުރުކް ބުނީ ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައިވިޔަސް، އާއިލާ އަށް އުފާވެރިކަން ގެނެސްދޭނަމަ އެމީހަކު ދުވަހަކުވެސް އެކަނިވެރި ނުވާނެ ކަމަށެވެ.
އޭނާ ބުނީ ދިރިއުޅުމުގައި އުފާވެރިކަން ބޭނުންވާނަމަ ދަރިންނަށް ހެޔޮކޮށްހިތަން ޖެހޭނެ ކަމަށެވެ. އަދި ދަރިން ނެތްނަމަ މައިންބަފައިންނަށް ހެޔޮކޮށްހިތަން ޖެހޭނެ ކަމަށްވެސް ޝާހުރުކް ވަނީ ބުނެފައެވެ.
މި އިވެންޓުގައި ޝާހުރުކް ވަނީ އޭނާއަކީ ވަރަށް ލަދުރަކި މީހެއްކަންވެސް ހާމަކޮށްފައެވެ. މަސައްކަތުގެ މައިދާނުގައި އެކަން މީހުންނަށް ފާހަގަ ނުވިނަމަވެސް، ޕާޓީ ތަކުން އޭނާ ފެނުމުން އެކަން އެނގޭނެ ކަމަށް ޝާހުރުކް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު