ނިމިގެން ދިޔަ ސަރުކާރުގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު މަޖިލީހުގެ ކޮމިޓީތަކަށް އެކަނި ހިއްސާކުރުމުން ދުސްތޫރީ އިޖުރާޢަތްތައް ފުރިހަމައެއް ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ މިހާރު ވެރިކަންކުރާ ޕީއެންސީ އިދިކޮޅުގައި ތިބިއިރު، ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ އެ އެއްބަސްވުންތަކުގައި ހުރި ކަންބޮޑޫވާން ޖެހޭ ކަންތައްތައް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ހައިޑްރޮގްރަފީގެ އެއްބަސްވުން ނިމުމަކަށް ގެނައިއިރު އެހެނިހެން އެއްބަސްވުންތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމަށް ރިޢާޔަތް ކުރައްވައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެކްސްގައި ރޭ ވިދާޅުވީ އެ ބަދަލުތަކުގެ ފުރިހަމަ ތަފްސީލު މަޖިލީހުހެ 241 ކޮމިޓީއާ ހިއްސާކުރަން ޖެހޭނެކަމަށެވެ. އަޒާނަކީ އޭރު މީޑިއާގައި އެ ވާހަކަތައް އެންމެ ބާރަށް، އެންމެ ގިނައިން ދެއްކެވި އެކަކެވެ.
އަޒާންގެ ޓުވީޓާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އެކްސްގައި ވިދާޅުވީ އިންޑިއާއާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ސިއްރުކުރުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ތަންދޭ ކަމެއް ނޫން ކަމަށެވެ.
"(އެފަދަ އެއްބަސްވުންތައް) މަޖިލީހުގެ ކޮމިޓީއަކަށް އެކަނި ހުށަހެޅުމަކުން، ގާނޫނު އަސާސީން ލާޒިމްކުރާ ދުސްތޫރީ އިޖްރާއަތު ފުރިހަމައެއް ނުވާނެ." ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިންޑިއާއާއެކު ހެދި އެއްބަސްވުންތަކުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ކުރިން ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް އަޑުއުފުލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު