ބަނޑޮސް އަދި މަޑިވަރު ކަރަންޓީނު ފެސިލިޓީގައި ތިބި 60 މީހަކު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމުން މިއަދު ދޫކޮށްލައިފިއެވެ.
ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އިމަރޖެންސީ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ވެލިދޫ އައިސޮލޭޝަންގައި ތިބި ތިން މީހަކުވެސް ޑަބަލް ނެގެޓިވް ވުމުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. މި ތިން މީހުންނަކީ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ، މައުރޯނޭ ފެލައިނީއާ ކޮންޓެކްޓްވި ތިން މީހުންނެވެ.
މީގެ އިތުރުން މިއަދު ހަތަރު ރިސޯޓަކާއި 19 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލު އައުމުގެ 743 މައްސަލަ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި މާދަމާގެ ވަގުތެއްގައި ދޫކޮށްލުމަށް މިހާރު 41 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި ނަތީޖާ ލިބުމުން އެމީހުން މާދަމާގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާތަނަށް 1793 ސާމްޕަލް ނަގާފައިވާއިރު މީގެ ތެރޭގައި ދެފަހަރަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްވެސް ހިމެނޭކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު