ޑރ. ޝަފީޢު މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ޑރ. ޝަފީޢު މިއަދު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަފީޢު މިއަދު ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަށް 3740 ކްލާސްރޫމްގައި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ. މީގެތެރެއިން 401 ކްލާސްރޫމުގައި 802 އޭސީ ހަރުކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ރައީސް ޑރ. މުޢިއްޒު މިހާރު އިރުޝާދު ދެއްވާފައިވަނީ މިއަހަރު ނިމުމުގެ ކުރިން އެޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިހާރު މި މަސައްކަތް ކުރަނީ މި މަހުގެ ތެރޭގައި ބަލްކުކޮށް އޭސީތައް ސްކޫލުތަކަށް ފޮނުވަން.” ވަޒީރު މިއަދު ވިދާޅުވެފައިވެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޢީއްޒު މީގެކުރިން ވިދާޅުވެފައިވަނީ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ސްކޫލްތަކުން ވަރަށް ބޮޑަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން އެކަން ސިޔާސަތެއްގައި ހިމަނައި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވިދާޅުވެފައިވަނީ، މިހާރުވެސް 800 އޭސީ އެކި ކުލާސްރޫމްތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. އަދި ދެން ބޭނުންވަނީ 9000 އޭސީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން