ޢަދުލް އިންސާފު ގާއިމްކުރުމުގެ ބާރަށް ނުވަތަ ޖުޑިޝަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ އަދާލަތު ޕާޓީން ގިނަ ތުހުމަތުތަކެއް ކޮށްފިއެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ތިން ފަނޑިޔާރަކު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި އެވެ. އެގޮތުން ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސަސްޕެންޑްކުރީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއް ސުއޫދު އެވެ.
އޭގެ ތެރެއިން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ނިންމައި ޖޭއެސްސީން މިހާރު އޮތީ މަޖިލީހަށް ފޮނުވައިފަ އެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
އަދި އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.
އެ ޕާޓީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް ކުރައްވާ ކަމެއް ކަމުގައެވެ.
އެގޮތުން މިކަން ކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ކަމަށް އަދާލަތު ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިއީ ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ހިންގަވާ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފަައިވަނީ މިއީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށެވެ.
"ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސްގެ ސިޔާސީ ބޭނުމަށް މަގުފަހިވާ ގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެއް." އަދާލަތު ޕާޓީން ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
"މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީ" އެ ޕާޓީގެ ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީން މިފަދައިން ތުހުމަތު ކުރި ކަމުގައި ވީނަމަވެސް، ދާދި ފަހުން ރައީސް ބޭއްވި 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގާނޫނު އަސާސީއަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު