ޖައްމޫ އަދި ކަޝްމީރުގެ މައްސަލައާއި ގުޅިގެން އިންޑިޔާއިން އެޅި ފިޔަވަޅެއްގެ ދަށުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް މަތިންދާބޯޓު ނުވަންނަން ނިންމައިފިއެވެ.
ޕަހަލްގާމް ނިރުބަވެރި ހަމަލާގައި، 26 މީހުން މަރުވުމާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ހަމަލާ ދީފައި ވަނީ ޕާކިސްތާނުގެ އެހީތެރިކަން ލިބިގެން ހިންގާ ނިރުބަވެރި ގްރޫޕަކުން ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. އަދި އެ ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާވެސް ނަގާފައެވެ.
އަވައްޓެރި އިންޑިއާ އަދި ޕާކިސްތާނާ ދެމެދުގައި ގުޅުން ގޯސްވެފައިވުމުގެ ސަބަބުން، ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ގިނަ ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޕާކިސްތާނުގެ އެއަރސްޕޭސް ބޭނުން ނުކުރުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާއި ގުޅިގެން އެއަރލައިންތަކުގެ ބަޔާންތަކާއި ފްލައިޓްރާޑާ 24ގެ މަޢުލޫމާތު ދައްކާގޮތުން މަގުބޫލު ގިނަ އެއާލައިންތަކުގެ މަތިންދާބޯޓު މިހާރު ޕާކިސްތާނުގެ ވައިގެ ސަރައްހައްދު ބޭނުން ނުކުރެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބަދަލުތައް އައިސްފައިވަނީ އިންޑިއާއިން ޕާކިސްތާނުގެ އުޅަނދުތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމާއި، ޕާކިސްތާނުން އިންޑިއާގެ އުޅަނދުތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެންނެވެ.
މި ބަދަލުތަކުގެ ސަބަބުން ދަތުރުތަކުގެ ވަގުތާއި ތެލުގެ ޚަރަދު އިތުރުވެ، އެއަރލައިންތަކުގެ ހިންގުމަށް އަސަރުކޮށް، އަދި ޕާކިސްތާނަށް ލިބޭ އޯވަރފްލައިޓް ފީގެ އާމްދަނީ މަދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު