ވެލާނާ އެއާޕޯޓު--
ވެލާނާ އެއާޕޯޓު--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހިނގާފައި ދާން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޯހިތު ކުމާރު ނަމަކަށް ކިޔާ އިންޑިއާ މީހަކު މިއަދު ހެނދުނު 07:40 ކަންހާއިރު ވީއައިއޭއަށް ހިނގާފައި ދާން އުޅެނިކޮށް މަޑުކުރަން ފުލުހުން އެންގި ކަަމަށެވެ.

އެހެން ނަމަވެސް ރޯހިތު މަޑުނުކޮށް ދުވެ ފިލަން އުޅެނިކޮށް ރުއްޖެހިމަގުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ބުނީ ރޯހިތުއަކީ ސްޕޮންސާއަށް ފިލައިގެން ވެސް އުޅޭ މީހެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން