އިންޑިއާއިން ‘އޮޕަރޭޝަން ސިންދޫރު’ ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ޕާކިސްތާނުގެ ބައެއް ތަންތަނަށް މިސައިލް ހަމަލާތައް ދޭން ފަށައިފި އެވެ.

މި އޮޕަރޭޝަނާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ޕާކިސްތާނާއި ޕާކިސްތާނުން ހިންގާ ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީ “އޮޕަރޭޝަން ސިންދޫރު” ފަށާފައިވާ ކަމަށެވެ. އޭގެ ފަހުން އިސްލާމްއާބާދުން އިންޑިއާގެ އަސްކަރީ ތަންތަނަށް ހަމަލާދީ ބަދަލު ހިފާފައިވާ ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހު ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާ ނިއުދިއްލީން ތުހުމަތުކުރީ އިސްލާމްއާބާދަށެވެ. އިންޑިއާއިން ބުނެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ "ޕާކިސްތާނާއި ޕާކިސްތާނުން ހިފާފައިވާ ޖަމްމޫ އަދި ކަޝްމީރަށް ނިރުބަވެރި ހަމަލާތައް ރޭވި ތަނަށް" ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާގެ މި ހަމަލާތަކުގައި މަދުވެގެން އަށް މީހުން މަރުވެ 35 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަވާ ކަމަށެވެ.

އޮޕަރޭޝަނާ ގުޅިގެން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް، ބޭރުގެ ޓީވީ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގައުމުން އިންޑިއާގެ ފަސް މަތިންދާބޯޓަށް ބަޑިޖަހާފައިވާކަމަށެވެ. އަދި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ހައިދަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން