ބިދޭސީއަކު ފޮށިތަކެއް އުފުލަނީ- މާލޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ އަދަދު ލައްކައަކާއި ގާތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ
ބިދޭސީއަކު ފޮށިތަކެއް އުފުލަނީ- މާލޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ އަދަދު ލައްކައަކާއި ގާތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ
މާލޭގައި ބިދޭސީން ދިރިއުޅޭ 500 އަށް ވުރެ ގިނަ ތަންތަނުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭ ސިޓިގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭގައި ބިދޭސީން ދިރިއުޅޭ 536 ތަނެއް އަދި ވިލިމާލޭގެ 51 ތަނެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ބިދޭސީންނާ ބެހޭ މައުލޫމާތު އެއްކުރަން މާލޭ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހުއެވެ. އެގޮތުން ބިދޭސީން ދިރިއުޅޭ ތަންތަނަށްގޮސް އެތަންތަނުގެ ހާލަތު ވަނީ ބަލައިފައެވެ. މިއީ ކޯވިޑް-19 ފެތުރި ލޮކްޑައުންގެ ހާލަތަކަށް ދިއުމުގެ ކުރިން ކަރަންޓީނުކުރާނެ މީހުން ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ. އަދި ދިވެހި ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށަށް ފޮނުވައި ދިނުމުގެ ޕްރޮގްރާމެއް ވެސް ފަށައިފައެވެ. މި ޕްެރޮގްރާމްގެ ދަށުން މީހުން ފޮނުވާނީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައި ހުންނަ ފައިސާއިން ކަމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން ރަަށަށްދާން ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން ކަމާބެހޭ ޓްރަވަލް ޑޮކިއުމެންޓް ނެތް މީހުންނަށް އެފަދަ ލިޔުންތައް ހަމަކޮށްދިނުމުގެ މަސައްކަތް، އެމީހުން ނިސްބަތްވާ ޤައުމު ތަކުގެ އެމްބަސީތަކާއި ގުޅިގެން ކޮށްދޭނީ ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން