ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް. ފޮޓޯ: ރައިސް އޮފީސް
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް. ފޮޓޯ: ރައިސް އޮފީސް
ދިވެހި ރާއްޖެ ޑިޖިޓަލައިޒް ކުރެވިއްޖެނަމަ ކޮރަޕްޝަން އެއްކޮށް ނައްތާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވިގެން ދާނެ ކަމަށެވެ. އަދި ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިގޮތަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ޚިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިކަމަށް ބޭނުންވާ ގާނޫނީ ދެލިކޮޕީ މިހާރު އެކުލަވާލަމުން ދާކަމަށެވެ.

"ރާއްޖެ 2.0" އަކީ 4 އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއެކެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން