އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.
މަޤާމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް ހުށައަޅުއްވާފައިވާއިރު، މިދިޔަ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.
އެދުވަހު މުއުތަސިމް ވިދާޅުވީ، އެ މަނިކުފާނަކީ މިހާރު ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުއުތަސިމް މިއަދު ވަނީ ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރަސްމީކޮށް ސިޓީ ހުށަހަޅުއްވައިފައެވެ.
ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް މަޤާމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް ހުށައަޅުއްވާފައިވާއިރު ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ މަސައްކަތްތައް މެދުކެނޑިފައިވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.
ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސުޢޫދު މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަޤާމުން ވަކި ކުރުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު