ބަންދުގައި މީހުން ބަހައްޓާ ތަންތަން ނުވަތަ ޖަލުތަކަކީ އިންސާނީ ކަރާމާތް ރައްކާތެރި ކުރެވޭ ފަދަ ތަންތަނަށް ވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށެވެ.
އެހެންނަމަވެސް ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު އެތަންތަނުގައި ނެތްކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިއީ ވަރަށް ސީރިއަސްކަމާއެކު ބައްލަވާނެ މައްސަލައެއް ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ އުތުރުތިލަފަޅުގައި ތަރައްޤީކުރާ، މި ސަރަޙައްދުގެ އެންމެ ބޮޑު "ކޮމްޕޮސިޓް" ޖަލުގެ މަޝްރޫޢަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ވިދާޅުވީ މި ޖަލަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ރަނގަޅު ޙާލަތެއްގައި ތަރައްޤީ ކުރެވިގެންދާނެ ޖަލެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މިމަޝްރޫޢަށް ވުނޭރުން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ދުރުރާސްތާ ޙައްލެއް ކަމުގައި ވީ ނަމަވެސް، މި މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު