"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ގްރޫޕުން ރައީސް އަށް ހުށައެޅި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ ރައީސް ޑރ މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކުން އިއްޔެގެ ބައްދަލުވުމުގައި ފާހަގަކުރި ކަންކަމާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. ހާއްސަ ގޮތެއްގައި އެމީހުން ލިޔުމުން ހުށަހެޅި ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދުގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށް ޕީޖީ އޮފީހަށް އަންގަވާފައިވާނެ ކަމަށެވެ.
އަދި ކަފާލާތުގެ ދަށުން އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް ވެސް ބަޔަކު ބަންދުން ދޫކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރު ވެސް އެ ނިޒާމު އޮންނަނީ ވަރަށް އަގުބޮޑުކޮށް ކަމަށް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ އެ ޤާބިލުކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ ކަމަށެވެ.
އެހެންނަމަވެސް، ޖިންސީ ކުށުގެ ތުހުމަތުގައި ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައާއި ބޮޑެތި ކުށްތަކުގެ ސަބަބުން ބަންދުގައި ތިބި ފަރާތްތަކަށް މިފަދަ ލުއިތައް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު