އަވައްޓެރި އިންޑިޔާއިން އަގުހެއު ބޭސް ރާއްޖެއަށް ގަންނަށް އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެސްޓީއޯ އާއި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) އާ އެވެ.
އިންޑިޔާގެ ޕީއެމްބީޖޭޕީ ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއިން ހޯދަން އުނދަގޫ ބޭސްތަކާއި އިތުރު ބޭސްތައް މެދުނުކެނޑި އަދި ހެއު އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެެއް ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.
އެސްޓީއޯއިން އަގު ހެއުކޮށް ކޮލިޓީ ދަށް ބޭސް ގަންނަން އެއްބަސްވި އިރު، މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ކޮލިޓީ ބޭސް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތާ ދިމާ ފުށުއަރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު