މި ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ "އަހާ" ޕޯރަމްގެ 5 ވަނަ ޕްރޮގްރާމް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އަހާގެ ފަސްވަނަ ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެކި ސަބަަބުތަކާ ގުޅިގެން އެ ޕްރޮގްރާމް އޮތީ ފަސްކޮށްފަ އެވެ.
އަހާ ފޯރަމްގެ ފަސްވަނަ ޕްރޮގްރާމް އަންނަ ހޯމް ދުވަހުގެ ރޭ 21:00 އަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި، އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާއި، އެޓާނީ ޖެނަރަލް އަހްމަދު އުޝާމް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
ޕީއެސްއެމް އެެއާ މެދުވެރިކޮށް އަހާ ފޯރަމްގައި ސުވާލުކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު