ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންޓީރިއާ ސާމާނު ވިއްކާ "ސްޕެކްޓްރާ" ގެ އާ ޝޯރޫމެއް މާފަންނުގައި ހުޅުވައިފިއެވެ.
ރަސް އަށް މައުލޫމާތު ދެމުން ސްޕެކްޓްރާގެ އެމްޑީ ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ މިއީ ކުރީގެ ޝޯރޫމް ހުރިތަން ހުސްކުރަން ޖެހުމާ ގުޅިގެން އަލުން ހުޅުވި ފިހާރައެއް ކަމަށެވެ.
އެގޮތުން އަލަށް ހުޅުވި ޝޯރޫމް ހުންނާނީ މާފަންނު ހީނާވީލާގައެވެ.
"ސްޕެކްޓްރާ" އަކީ އިންޓީރިއާ ޕްރޮޑަކްޓްސް ސޮލިއުޝަން ކުންފުންޏެކެވެ. މި ކުންފުންޏަކީ ގޭގެ ނުވަތަ އެހެނިހެން އިމާރާތްތަކުގެ އިންޓީރިއާޑިޒައިން ކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓު ވިއްކާ ކުންފުންޏަކަށް ވީއިރު، މިހާރު ސްޕެކްޓްރާ އިން ރާއްޖޭގައި މި ހިދުމަތް ދެމުންދާތާ 17 އަހަރު ވެއްޖެއެވެ. މިއީ މިހާރު މިދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ނަން މަޝްހޫރު ކުންފުންޏެވެ.
މިތަނުން ގޭގެ ނުވަތަ އޮފީހެއްގެ، ނުވަތަ މިނޫނަސް އެހެން ކޮންމެ ތަނެއްގެވެސް އެތެރޭގެ ސްޕޭސް މަރާމާތުކޮށް ޑިޒައިންކުރަން ބޭނުން ކުރާ ހުރިހާ ސާމާނެއް ލިބޭނެއެވެ. އޭގެ ތެރޭގައި ފްލޯރިން، ސީލިންގ، އަދި ފާރަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނެއެވެ.
ސްޕެކްޓްރާގެ ޝޯރޫމުން މި ދާއިރާއިން ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑުތަކުގެ ސާމާނުތައް ލިބެން ހުންނާނެއެެވެ.
އެ ކުންފުނީގެ އެމްޑީ ވިދާޅުވީ މިހާރު އަލަށް ހުޅުވިގެން ދިޔަ ޝޯރޫމުގައި ކުރިއަށްވުރެ ގިނަ ޕްރޮޑަކްޓު ލައިނުތައް ޑިސްޕްލޭ ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން މުޅިން އަލަށް ޑިސްޕްލޭ ކުރަން ހަމަޖެހިފައިވާ އެއްޗެހީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ފަދަ ސާމާނު ހިމެނޭ ކަމަަށް އޭނާ ވިދާޅުވިއެވެ.
"އިންޓީރިއާ ޕްރޮޑަކްޓުތަކާ އެކީގަ ކަސްޓަމަރުން ބޭނުންވޭ ފަރުނީޗަރުވެސް ލިބެން، އެހެންވީމަ މި ޝޯރޫމަށް އިންޓްރޮޑިއުސް އެބަކުރަން ހޯމް ފާނިޝިންގެ އައިޓަމްތައް" ސްޕެކްޓްރާގެ އެމްޑީ ވިދާޅުވިއެވެ.
އެގޮތުން ފަރުނީޗަރުގެ ތެރޭގައި ކޮޓަރިއަށް ބޭނުންވާ އެކި ސާމާނުތަކާއި، ސިޓިންގ ރޫމަށް ބޭނުންވާ ސާމާނުތަކާއި، ބަދިގެއަށް ބޭނުންވާ ސާމާނު ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާ ޝޯރޫމުގައިވެސް ބޭނުންވާ ވަރަށް ޖާގަ ނެތުމުގެ ސަބަބުން ޑިސްޕްލޭ ކުރެވިފައި ހުންނާނީ ބައެއް އެއްޗެހި ކަމަށް އަހުމަދު ވިދާޅުވިއެވެ. އެހެންނަމަވެސް ކުންފުނިން ލިބެން ހުރި އެހެން ހުރިހާ ސާމާނެއްވެސް ވީޑިއޯ މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސްޕެކްޓްރާ އިން ރެޒިޑެންޝިއަލް ޕްރޮޑަކްޓުތަކުގެ އިތުރުން ކޮމާޝިއަލް ޕްރޮޑަކްޓުތައްވެސް ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ހޮސްޕިޓަލްތަކަށް ބޭނުންވާ އެއްޗެހީގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ތަފާތު އެކި ސާމާނުތައް ހިމެެނެއެވެ.
ސްޕެކްޓްރާއިން ޕްރޮޑަކްޓުތައް އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭ ކަމަށް އެކުންފުނީގެ އެމްޑީ ވަނީ ހާމަ ކޮށްފައެވެ.
ސްޕެކްޓްރާއިން ލިބެން ހުންނަ ޕްރޮޑަކްޓުތައް ސްޕެކްޓަރާގެ ވެބްސައިޓް އަދި ފަރުނީޗަރަށް ހާއްސަ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ހަމަ އެހެންމެ، ސްޕެކްޓްރާގެ ފޭސްބުކް މެދުވެރިކޮށްވެސް ޝޯރޫމުގައި ހުރި ސާމާނު ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު