ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއަށް އެ ދެ ފަނޑިޔާރުން ހާޒިރުނުކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީއިން ނިންމީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ކޮމިޓީއަށް ހާޒިރު ނުކުރުމަށެވެ. މި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީއަށް ދެ ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރުމަށް ހުށައަޅާފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާހެއް ނުވިއެވެ.
މި ކޮމިޓީގައި ހިމެނޭ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. މެންބަރު ޝާހިދު ފުރަތަމަ ހުށަހެޅުއްވި ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެއެވެ.
ކޮމިޓީން މިފަދައިން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ބާ ކައުންސިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު