އިންޑިއާގެ ސިފައިންނަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު ތައުރީފުކޮށްފިއެވެ.
ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ބޮލީވުޑްގެ ގިނަ އޭ ލިސްޓު ތަރިންތަކެއް ވަނީ "އޮޕަރޭޝަން ސިންދޫރު" އަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އާލިޔާ ބަޓް، ދީޕިކާ، ރަޖްނީކާންތު، ކަންގަނާ، އަދި މޯހަންލާލް ފަދަ ތަރިން ހިމެނެއެވެ. މިހާރު މި ދިގު ލިސްޓަށް ސަންޖޭގެ ނަންވެސް މިވަނީ އިތުރު ވެފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސަންޖޭ ބުނީ ޕާކިސްތާނުން ދެމުންދާ ހަމަލާތައް ދެން ބަރުދާސްތު ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެއްވެސް ބިރަކާ ނުލައި ހަމަލާތަކާ ދެކޮޅަށް އިންޑިއާއިން ނިކުންނާނެ ކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ.
ސަންޖޭގެ ޕޯސްޓުގައި ބުނެފައިވަނީ މި ހަނގުރާމައަކީ ޕާކިސްތާނު ނުވަތަ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތަކެއް ނޫން ކަމަށެވެ. އަދި މިއީ ނިރުބަވެރި ޖަމާއަތްތަކާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.
އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ ކިތައްމެ ވަރަކަށް ބިރުދެއްކި ނަމަވެސް، އިންޑިއާއަކުން މިފަހަރު ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
އެ ޕޯސްޓުަގައި އޭނާ ވަނީ އިންޑިއާގެ ސިފައިންނަށް ތައުރީފު ކޮށްފައެވެ. އެގޮތުންް އޭނާ ބުނީ އެއްވެސް ބިރަކާ ނުލައި ގައުމާއި ރައްޔިޔުންގެ ހައްގުގައި ނިރުބަވެރިންގެ ހަމަލާތަކާ ދެކޮޅަށް ސިފައިން ނިކުމެފައިވާ ކަމަށެވެ.
ސަންޖޭ ބުނީ އަސްލު ބަޠަލުންނަކީ ސިފައިން ކަމަށާއި، އެއިން ކޮންމެ މީހަކަށްވެސް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.
ޕަހަލްގާމަށް ދިން ނިރުބަވެރި ހަމަލާއަށްފަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި ހަނގުރާމަކޮށް، ގިނަ ބަޔަކު ވަނީ މަރުވެސް ވެފައެވެ. އެހެންނަމަވެސް ދެ ގައުމުންވެސް މިހާރު ވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު