ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ އާސާރީ ވެވަކީ އެރަށުގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ. 1921 ވަނަ އަހަރުގެ ބޯހިމެނި ހިސާބުތައް ބުނާ ގޮތުން އޭރު ދިވެހިރާއްޖޭގައި އެންމެ ގިނަ ވެޔޮ ހުރީ ހުވަދުއަތޮޅުގައެވެ. އެއީ 594 ވެވެވެ. އޭރު ހުވަދުއަތޮޅުގައި މީހުން ދިރިއުޅުނު 21 ރަށަށް މި ވެޔޮތައް ބަހާލީމާ ރަށަކަށް 28 ވެވަށްވުރެން ގިނަވެއެވެ. އެކަމަކު މުޅި ހުވަދުއަތޮޅުގައި މިއަދު ފެންނަން ހުރީ ދެތިން ވެވެވެ. އޭގެ ތެރެއިން ވެސް އެންމެ ރީތިކޮށް އޮތީ ކޮނޑޭގެ މި ވެވެވެ. މިވެވަށް ވީ އެވެނިމިވެނި ދުވަހެކޭ ބުނާކަށް ނޭނގެއެވެ. އެކަމަކު މިއީ ބަލާބެލުމަށް ވަރަށް ދުވަސްވީ ވެވެއް ކަމަށް ފެނެއެވެ.
ވެވުގެ މެދުން ފެންނަންހުރި ވަޅަކީ އަތިރީގޭ މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ވެވަށް ފަސްއަޅައި ފޮރުވުމުގެ ކުރިން ބަހައްޓާފައި ހުރި ވަޅެކެވެ. އަސްލު ވެވުގެ މެދުގައި ވަޅެއް ނުހުންނާނެއެވެ.
ވެވަކީ މީހުން އެޔަށް އެރި ފެންވަރައި ހެދުމަށް ކޮނެ ތިލަވަތްގާ އަޅައި ކައިރި ހަދައި ހަރުފަތް ލާފައި ހުންނަ ފެންފެންގަނޑަށް ކިޔާ ނަމެކެވެ. މިކަހަލަ ފެންފެންގަނޑު ގިނައިން ހުންނަނީ ދޫނިފަތްލާފައެވެ.
1921 ގައި މުޅި ރާއްޖޭގައި ހުރީ ޖުމުލަ 1880 ވެވެވެ. ކުރިން ލިޔުނު ފަދައިން އޭގެ ތެރެއިން އެންމެ ގިނަ ވެޔޮ ހުރީ ހުވަދުއަތޮޅުގައެވެ. ދެވަނައަށް އެންމެ ގިނަ ވެޔޮ ހުރީ އައްޑުއަތޮޅުގައެވެ. އެއީ 567 ވެވެވެ. ތިން ވަނައަށް އެންމެ ގިނަ ވެޔޮ ހުރީ ފުވައްމުލަކުގައެވެ. އެއީ 426 ވެވެވެ. ދެން އެންމެ ގިނަ ވެޔޮ ހުރީ މާލޭގައެވެ. އެއީ 77 ވެވެވެ. ބާކީ ހުރި އަތޮޅުތަކުގައި ހުރީ ޖުމްލަ 216 ވެވެވެ.
މިތަނުން ގިނަ ވެވުތައް، ޚާއްޞަކޮށް އާއްމު ރައްޔިތުން ބޭނުންކުރަން ރަށުގެ އެތަން މިތަނުގައި ހުރި ވެވުތައް ފަސްއަޅައި ފޮރުވާލެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސީން ލަފާދީގެން ފާސްކުރެވުނު ގާނޫނެއްގެ ދަށުންނެވެ. އޭގެ ފަހުން 1952 ގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ދިން ލަފައެއްގެ ދަށުން ދިވެހިރާއްޖޭގެ ދެކުނުގައި ހުރި ހުރިހާ ވެވެއްހެން ނަައްތާލެވުނެވެ. އާދެ ގައިންގަޔަށް އަރާ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އެޅުނު ޚާއްޞަ ފިޔަވަޅެއްގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު