އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކެތެޓަރައިޒޭޝަން ލެބޯޓަރީ (ކެތު ލެބު) ގެ ހިދުމަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރަން އެދި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހަޅުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އައްޑޫ ހޮސްޕިޓަލުން އިމަޖެންސީކޮށް މާލެ ފުރުވާލަން ޖެހިފައިވާ ގިނަ ޕޭޝެންޓުންނަކީ ހިތުގެ މައްސަލަތަކުގެ ސަބަބުން ފޮނުވާލަން ޖެހޭ ޕޭޝެންޓުން ކަމަށެވެ. އެ ޕޯސްޓުގައި އަޒާން ވަނީ އޭއީއެޗްގައި ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ ނިޒާމު ހަމަޖެހިފައި ނެތުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އޭއީއެޗްގައިް ކެތު ލެބެއް ގާއިމްކޮށްފައިވީ ނަމަވެސް އަދިވެސް އެ ތަނުން ޚިދުމަތް ދޭން ފަށާފައި ނުވާ ކަމަށެވެ.
އެހެންވެ އެ ކަން ނުފެށި ލަސްވާ ސަބަބު އޮޅުން ފިލުވަން ހެލްތު މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅީ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ފާއިތުވި ތިން އަހަރު ވެސް ހާޓް އެޓޭކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވި ގިނަ ބަޔަކަށް އައްޑޫއިން އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން މާލެ ފޮނުވާލަން މަޖުބޫރުވި ކަމަށެވެ.
އަދި ހާޓް އެޓޭކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ މުހިއްމު ކަމެއް ކަމަށް އަޒާން ވިދާޅުވިިއެވެ.
އޭއީއެޗްގައި ގާއިމް ކުރެވިފައިވާ ކެތު ލެބަކީ މިދިޔަ ސަރުކާރުން ގާއިމް ކުރި ލެބެކެވެ. އެ ކެތު ލެބުގެ ހިދުމަތް އަވަހަށް ފައްޓަވައި ދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

1 in 5 emergency evacuations from Addu Equatorial Hospital last year were due to cardiac emergencies. Yet the cardiac catheterization laboratory remains non-operational. I have submitted a question to the Health Minister @ANazim2019 asking for reasons behind the delay and when… pic.twitter.com/7qwdnvm0Ew
— Ahmed Azaan (@axanner) May 11, 2025
އޭއީއެޗްގައި ގާއިމް ކުރެވިފައިވާ ކެތު ލެބަކީ މިދިޔަ ސަރުކާރުން ގާއިމް ކުރި ލެބެކެވެ. އެ ކެތު ލެބުގެ ހިދުމަތް އަވަހަށް ފައްޓަވައި ދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު