މުދަލު ޒަކާތުގެ ގޮތުގައި އޭޕްރީލް މަހުގެ ނިއަލަށް 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި އެ އޮތޯރިޓީއަށް 46.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރާ އަޅާ ކިޔާއިރު 9.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 37.2 މިލިއަން ރުފިޔާ އެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ބަލައިގެންފައި ވެއެވެ. އަދި ފެބްރުއަރީގައި ބަލައިގެންފައިވަނީ 5.9 މިލިއަން ރުފިޔާއެވެ.
އަދި މާރިޗް މަހު މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، އޭޕްރީލް މަހު 11.7 މިލިއަން ރުފިޔާ ބަލައިގެންފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި މުދަލުގެ ޒަކާތް ދައްކާ މީހުންގެ އަދަދު ކޮންމެ އަހަރަކުވެސް މަތިވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއިން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު