ރާއްޖެއިން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކްސްގައި މިއަދު ވިދާޅުވީ ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފައިވާ ކަމަށެވެ.
އަދި އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ޚާރިޖި ވަޒީރު ޑރ. ޖަޔަޝަންކަރަށް ޝުުކުރު އަދާކުރައްވައި މިނިސްޓަރު ޚަލީލު ވިދާޅުވީ އެކަމުން ވެސް ދެ ގައުމުގެ ބަދަހި ގުޅުން ހާމަވެގެން ހިނގައްޖެ ކަމަށާއި އަދި ފިސްކަލް ރިފޯމްތައް ގެނައުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިންޑިއާއިން ތާއިދުކުރާ ކަންވެސް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އިންޑިއާއިން މިދިޔަ އަހަރުގެ މޭ މަހު ވަނީ
ބަޖެޓް ސަޕޯޓަށް ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން ވެސް އަހަރަކަށް ފަސްކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު