ގދ. ނަޑެއްލާއަށް ބަނދަރު ކުރި ދޯންޏަކުން ގެއްލުނު ޒުވާނާ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.
ފުލުހުން މިއަދު ގެއްލިގެން ހޯދަން އިއުލާނުކުރީ، ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ އޭނާ ގެއްލުނީ ނަޑެއްލާއަށް އިއްޔެ މެންދުރުފަހު 14:00 ހާއިރު ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ، ދޯނިން އެ ރަށަށް ފޭބުމަށްފަހު ކަމަށެވެ.
އެރަށަށް ފޭބިފަހުން އޭނާ އެނބުރި ދޯންޏަށް އަރައިފައިނުވާތީ އާއި އޭނާގެ އެއްވެސް ޚަބަރެއް ނުވާތީ ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މިއަދު ވެސް އޭނާ ހޯދުމަށް ޓަކައި މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އަޕްޑޭޓު ހިއްސާކުރަމުން ފުލުހުން ބުނީ އާދަމް އިބްރާހިމް މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު