ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު "ސޮރީ" ގެ ޓިކެޓު މިއަދު އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ.
އެގޮތުން އޮލިމްޕަހުން ޓިކެޓު ވިއްކަން ފަށާނީ މިއަދު ހެނދުނު 10:00 އިން ފެށިގެންނެވެ. އަދި ކުރިން ބުކް ކުރި 9 ޝޯގެ ކެންސަލް ޓިކެޓުތައްވެސް މިއަދު އޮލިމްޕަހުން ދޫކުރަން ފަށާނެއެވެ.
"ސޮރީ" ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ބުނީ 7844422 އަށް ގުޅައިގެން އޮންލައިންކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ޓިކެޓު ވަގުތުން ނުނެގޭ މީހުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ފަހަކަށް އައިސް ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރަމުން އަންނަ ކަމެކެވެ.
ނަހޫ ބުނީ މިހާރު ފިލްމު އެޅުވުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ބެކް މިއުޒިކްގެ މަސައްކަތްތައް ކަމަށް ބުނެފައި ވެއެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާ "ސޮރީ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފަައިވަނީ ޖޫން 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު