ގަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބިދޭސީއަކަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފިއެެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވަނީ ޝަހާދަތު ހުސެއިން (34އ) ގެ މައްޗަށެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރެވުނު ޝަހާދަތުއާ ގުޅުންހުރި މޯބައިލް ފޯނު ހިމެނޭހެން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައާ ގުޅުންހުރި ހެކިތައް ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓުގައި ޝަހާދަތު ރާއްޖޭގައި އުޅެމުން އައިސްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ހުޅުވި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓު ހިމެނެއެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަމްޒަތު ވިދާޅުވީ ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައިވަނީ އޮފީހެއްގެ އޮފީސް ބޯއީއެއްގެ މަގާމުގައި ކަން އޭނަަގެ ވޯކް ޕާމިޓުން އެނގޭ ކަމަށެވެ.
އެހެންނަމަވެސް އޭނާގެ ''ލެޓާ އޮފް އެޕޮއިންޓްމެންޓް' ގައިވާ ގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 3،000 ޑޮލަރު ލިބޭ ކަމަށް ހަމްޒަތު ވިދާޅުވިއެވެ. އަދި އެކްސްޕެޓް ސިސްޓަމްގައިވެސް ޖަހާފައިވަނީ އޮފީސް ކްލީނާ ކަމަށާއި އެހެންނަމަވެސް ހަމަ މުސާރައިގެ ގޮތުގައި ޖަހާފައިވަނީ 3000 ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމްޒަތު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ވޯކް ވިސާ ނުދައްކާތީ ޝަހާދަތުގެ ވޯކް ވިސާ އެކްޕަޔަރ ވެފައިވާ ކަމަށެވެ.
ޝަހާދަތު މާލޭގައި އުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ. އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި ބިދޭސީން ގެނައުމުގެ ވިޔަފާރި ކުރަމުންދިޔަ ފަރާތެއް ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައި ވެއެވެ.
އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ބުނީ އެކްސްޕެޓް ސިސްޓަމުގައިވެސް އޭނާ ގިނަ އެކައުންޓުތަކެއް ހުޅުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)، ބޭރު ކުންފުނިތަކުގެ ނަމުގައި 7 އެެކައުންޓް (އައިޑީ އަދި ޕާސްވޯޑް)، އަމިއްލަ ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓް (އައިޑީ އަދި ޕާސްވޯޑް)، އަމިއްލަ ފަރާތްތަކުގެ ނަންނަމުގައި 126 އެކައުންޓް، އަދި ޕާޓްނާޝިޕްގެ ނަމުގައި އެކްސްޕެޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ 2019 އިން ފެށިގެން ޝަހާދަތުގެ ބޭންކް އެކައުންޓުތަކަށް 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޖަމާކޮށް ދައުރުކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެކްސްޕެޓް ސިސްޓަމް އަދި އީފާސް އެކައުންޓުތަކުގެ ކްރެޑެންޝިއަލްތަކަކީ ޝަހާދަތު އަމިއްލައަށް ކްރިއޭޓްކުރި އައިޑީތަކެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ދިވެހި އަދި އިމިގްރޭޝަން މުވައްޒަފުން ޝާމިލްވާކަން އޭނާގެ ފޯނުން ފެނުނު ލިއެކިއުންތަކުންނާއި، ޗެޓްލޮގުތަކުން ހާމަވާތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު