ވިލިނގިލީ ފޭސް2 ގެ މަގުތައް ތަރައްގީކުރުން، ފޮޓޯ: އާރްޑީސީ
ވިލިނގިލީ ފޭސް2 ގެ މަގުތައް ތަރައްގީކުރުން، ފޮޓޯ: އާރްޑީސީ
ސައުތު ރީޖަންގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަ ކޮށްފިއެވެ.

އާރްޑީސީން ބުނީ ސައުތު ރީޖަންގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ތިން ރަށެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތ. ތިމަރަފުށި، ގއ. ވިލިނގިލި ފޭސް 2 އަދި ލ. ގަން ފޭސް 2 އެވެ.

މި މަޝްރޫއުގެ ދަށުން ތިމަރަފުށީގައި މިވަގުތު ކުރިއަށް ގެންދަނީ އެރަށު ބުރެވުމާ ގޯޅީގައި ދުވާރު އެޅުމުގެ މަސައްކަތެވެ. އަދި އެ ރަށު ސޯސަން މަގުގައި ކޭބަލް ޖަންކްޝަން ޓޮޕް ލެވެލް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އާރްޑީސިން ވަނީ ބުނެފައެވެ.

ވިލިނގިލީ ފޭސް 2 ގައި ކުރިއަށް ދަނީ އެ ރަށު މުދިން ހަސަން ކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.

މީގެ އިތުރުން ގަން ފޭސް 2 ގައި ކުރިއަށް ދަނީ އެ ރަށު ސަރަހައްދީ މަގުގެ، މަގު ކޮނުމާއި ބެކް ފިލިންގްގެ މަސައްކަތާއި، އަދި އެރަށު ބޮޑުތަކުރުފާނު މަގުގައި މަގު ސާފު ކުރުމުގެ މަސައްކަތް ކަމަށް އާރްޑީސީން ވަނީ ހާމަ ކޮށްފައެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން