ޓްރަމްޕް ސައުދީގައި--
ޓްރަމްޕް ސައުދީގައި--
ސީރީއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވަން ނިންމެވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފި އެވެ.

ޓްރަމްޕް އެކަން އިއުލާާންކުރެއްވީ މިހާރު ސައުދީ އަރަބިިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކާއި ދާހިލީ ހަނގުރާމައާއެކު އެ ގައުމުގެ އިގުތިސާދު އޮތީ ފުނޑުފުނޑުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމީ ސުލްހައަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް "ސުލްހަ" މާނަކުރަނީ ސީދާ ކިހިނެއްކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ނަމަވެސް ޓްރަމްޕް ކުރިން ވެސް ވަނީ އިސްރާއިލާ ސުލްހަވާ ގައުމުތަކަށް ލުއިތައް ދެއްވައިފަ އެވެ.

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަން އިއުލާންކުރެއްވި އިރު ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ މިހާރު ހުންނެވީ ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ސައުދީގަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމިއިރު ސީރިއާގައި މިހާރު ވެރިކަންކުރާ ތަހުރީރު އަލް ޝާމްގެ ހަނގުރާމަވެރިން މިހާރުވެސް ކެނޑިނޭޅި ދަނީ ސީރިއާގައި އުޅޭ ކްްރިސްޓިއަނުންނާއި އަލާވާނީން މަރައި ގަތުލު އާންމުތައް ހިންގަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން