ކޯވިޑް 19 އަށް ޝައްކު ކުރެވިގެން ކުރެއްދޫ ރިޒޯޓުން ސާމްޕަލް ނަގާ ޓެސްޓް ކުރި އިތުރު ދެމީހުން ޕޮޒިޓިވްވެ ރާއްޖޭން ކޯވިޑް 19 އަށް ޕޮޒިޓީވް ވީ މީހުންގެ އަދަދު ހަޔަކަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފަހަރު ޕޮޒިޓިވް ވި ދެމީހުންނަކީވެސް ބިދޭސީން ކަމަށެވެ. މީގެ ކުރިންވެސް ކުރެއްދޫ ރިޒޯޓުން ޕޮޒިޓިވްވީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ވި ހަމީހުންނަކީވެސް ބިދޭސީންނެވެ.

ރާއްޖެއަށް ކޮރޯނާވައިރަސް އައުމަށް މެދުވެރިވި އިޓަލީގެ ފަތުރުވެރިޔާ ރާއްޖެއިން ފުރުމުގެ ކުރިން ބައްދަލުވި 16 މީހުންގެ ތެރެއިން އެކަކު މިހާރުވަނީ ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެކަހެރި ކޮށްފައެވެ. އަނެއް ފަނަރަ މީހުންނަކީ އޭނާ ހުރި ގެސްޓް ހައުސްގެ މީހުންނެވެ. އެމީހުން ތިބީ އެމީހުން ދިރިއުޅޭ ތަންތާގައި އެކަހެރިވެގެން ކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން